-Advertisement-

-Advertisement-

20 އަހަރު ފަހުން ބިއެލްސާ އެނބުރި ކޮޕާ އެމެރިކާއަށް, ފުރަތަމަ މެޗުން މޮޅެއް

2004 އަހަރު އާޖެންޓީނާއަށް ކޮޕާ އެމެރިކާަގައި ކޯޗުކޮށްދިންތާ 20 އަހަރު ފަހުން އެ މުބާރާތުގައި ކޯޗުކޮށްދިން ފުރަތަމަ މެޗުން އޭނާގެ ޓީމު އުރުގުއޭ މޮޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ އެމެރިކާގެ މައާމީގައި އުރުގުއޭ ކުޅެފައިވަނީ ޕެނަމާއާއި ދެކޮޅަށެވެ. މި މެޗު އުރުގުއޭ ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީއްޖާއަކުންނެވެ. އާޖެންޓީނާއަށް ކޯޗުކަން ކޮންދިންފަހުން ދުނިޔޭގެ އެކި ލީގުތަކުގައި ކޯޗުކަންކޮށްދިން ބިއެލްސާ އަކީ އޭނާ ކޯޗުކަން ކޮށްދޭ ޓީމުތައް ރަނގަޅު ކުޅުމެއް ދައްކާކަމަށް މަޝްހޫރު ކޯޗެކެވެ. ހަމަ އެގޮތަށް އުރުގުއޭ ޓީމުންވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

މި މެޗުގައި އުރުގުއޭއަށް ގޯލުތައް ކާމިޔާބު ކޮށްދީފައިވަނީ އަރައުޖޯ, ޑާވިން ނުނެޒް އަދި މަޓިއާސް ވިނާއެވެ. މި ނަތީއްޖާއާއެކު އުރުގުއޭ އޮތީ ގްރޫޕް ސީގެ އެއްވަނާގައި އޮތް އެމެރިކާއަށް ހަމަހަމަކޮށެވެ.

އުރުގުއޭ އަކީ ކޮޕާ އެމެރިކާ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ފަހަރު ތަށި ކާމިޔާބުކުރި ޓީމެވެ. އެޓީމާއި އާޖެންޓީނާއިން ވަނީ މި މުބާރާތް 15 ފަހަރު ކާމިޔާބު ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-