-Advertisement-

-Advertisement-

އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ޓްރެއިނިން އޮފް ޓްރެއިނާސް ޕްރޮގްރާމް ފަށައިފި

އެޑިއުކޭޝަން ފޯ ސަސްޓޭނަބަލް ޑިވެލޮޕްމެންޓް ސެޝަން (2022) – ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ

ސާނަވީ މަރުހަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ސާނަވީ މަރުހަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކުރުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް މުޅިރާއްޖޭގައި ހަރަކާތްތެރިވާނެ ޓީއޯޓީން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދެވެ.

މިއަދު ފަށާފައިވާ މި ޕްރޮގްރާމަކީ ދެބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވެއެވެ. އެގޮތުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މިޕްރޮގްރާމްގެ ފުރަތަމަ ބުރު މިމަހުގެ 23 އިން 27 އަށް 55 ބޭފުޅުންނާއިއެކު ކުރިއަށް ގެންދާނެ ކަމަށާއި މިމަހުގެ 29 އިން އަންނަ މަހުގެ 3 އަށް 58 ބޭފުޅުންނާއި އެކު މިޕްރޮގްރާމްގެ ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މިޕްރޮގްރާމަކީ މުދައްރިސުން ތާޒާ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ނިމޭއިރު ސެކަންޑްރީ ކްލާސްތަކަށް އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސުން ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް 113 ޓީއޯޓީން ތަމްރީނު ކުރެވިފައިވާނޭ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުން އިނގިރޭސި ބަސް އުނގެނުމަށް ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ޖޮންރާގެ ތަފާތު އިނގިރޭސި ފޮތްތައް ރާއްޖޭގެ 206 އަށްވުރެ ގިނަ ސްކޫލަށް ފޯރުކޮށްދެވޭނެ ކަމަށާއި މި ފޮތްތައް ފޯރުކޮށްދެވިގެންދާނީ 2 ބުރަކަށް ބަހާލައިގެންކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-