-Advertisement-

-Advertisement-

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިޔަ ހައްޖާޖީންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަތުވެއްޖެ

ފޮޓޯ: ޕީއެސްއެމް ނިއުޒް

ރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިއަހަރު ދިޔަ ހައްޖާޖީންގެ ފުރަތަމަ ގްރޫޕު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެ އައިސްފައިވާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕުގައި 296 ހައްޖުވެރިން ވާއިރު، މައްކާގައި މިހާރު ތިބި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ 3 ގްރޫޕަކަށެވެ.

އެގޮތުން 2 ވަނަ ގުރޫޕު މާލެ އައުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ، އަދި ހޯމަ ދުވަހު 3 ވަނަ ގްރޫޕު އަދި 4 ވަނަ ގުރޫޕު ބުރާސްފަތި ދުވަހު މާލެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ނިޔާވެފައި ވަނީ އެކަކުއެވެ. މީގެ އިތުރުން އާންމު ގޮތެއްގައި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

ސައުދީ އަރަބިއާއިން މިއަހަރު ރާއްޖެއަށް 1000 ކޯޓާ ދީފާއިވާއިރު، ސަރުކާރުން އެކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-