-Advertisement-

-Advertisement-

ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު ރަޢިސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވާފި

ފޮޓޯ: ނޭޝަނަލް ޑްރަގް އެޖެންސީ

ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު ރަޢިސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވާފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބަޔާންކޮށްފައިވާ ގޮތުފައި ގާނޫނު ނަންބަރު 2011/17 (މަސްތުވާތެކެއްޗާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގައި ބަޔާންކުރާ “ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު” ރައީސުކްޖުމްހޫރިއްޔާ ވަނީ މިއަދު އެކުލަވާލާފައި ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު އަލުން އެކުލަވާލާ، ބޯޑަށް މެންބަރުން ހަމަޖައްސާފައިވާއިރު، ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާރމަނަކަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްފާޟިލާ ޝިބާނާ އަބްދުﷲދީދީ އާއި، މިނިސްޓަރ އޮފް ހެލްތްގެ ނައިބު އަކްއުސްތާޛު އިސްމާޢީލް ޒާހިރު އާއި، މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ނައިބު އަލްއުސްތާޛު އިސްމާޢީލް ރަޝީދު އާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަލްފާޟިލް ފާޠިމަލު ޢައްޒާ އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓެނަންޓް ކާނަލް ޑޮކްޓާރ އާމިނަތު ޝުމްރާ އާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު އާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަލްއުސްތާޛު އަޙްމަދު ސިމާޙް އާއި މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސާރ އަލްފާޟިލާ ސީނީޒު ޢަލީ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާޢަތް ޖާރނީ ޖަމްޢިއްޔާއިން އަލްފާޟިލް އަޙްމަދު ޢަބްދުއްސައްތާރުއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑަކީ، މަތީގައި ބަޔާންކުރެވުނު އިދާރާތައް ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 10 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މިބޯޑުގެ ޗެއާރމަންގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމަކެވެ. ޗެއާރމަންގެ ގޮތުގައި އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ހަމަޖައްސަވާފާވާއިރު، މީގެ ކުރިންވެސް ލުބްނާ ވަނީ މިމަގާމުގައި މަސައްކަތް ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-