-Advertisement-

-Advertisement-

މިސްކިތުން ފަންކާ ވަގަށް ނެގި މީހާ ހައްޔަރުކޮށްފި

އީދު މިސްކިތުން ފަންކާ ވަގަށް ގެންދިޔަ މީހާ

މިދިޔަ ހުކުރު ވިލޭރޭ މާލޭގެ އީދު މިސްކިތުން ފަންކާއެއް ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އެ ކޯޓުން ޙުކުމް ކޮށްފައިވާކަމަށެވެ.

އީދު މިސްކިތުން ފަންކާއެއް ވަގަށް ގެންދިޔަ މީހާ ފެންނަ ސީސީޓީވީ ފޫޓޭޖްގެ މަންޒަރުތައް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

މާލޭގެ އީދު މިސްކިތުން ފަންކާ ވަގަސް ނެގުމުގެ މައްސަލަތައް ،މީގެ ކުރިންވެސް ވަރަށް ގިނައިން ފެންމަތިވެފައި ވެއެވެ.

އެ މައްސަލަ އެކިފަހަރު މަތިން ފުލުހުންނަށް ވެސް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ ބައެއް ތަކެތި ހޯދާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-