-Advertisement-

-Advertisement-

ހޯމް މިނިސްޓަރ 241 ކޮމެޓީއަށް ހާޒިރުކުރަނީ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން

ރާއްޖޭގައި މި ފަހުން އައިސް އާންމުވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި އެހެނިހެން ކުށްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ހާޒިރުކުރުމަށް ނިންމައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ކޮމިޓީ ބައްދަލުވުމަށް ވަޒީރު ހާޒިރުވެވަޑައިގަތުމަށް އަންގަވާފައި ވަނީ މިއަދު ހެނދުނު 9:30ށެވެ.

މަޖިލިހުގެ އައު ދައުރު ފެށިގެން މަސައްކަތްތައް ފަށައިގަތުމާއެކު، މަޖިލިހުން އަންނަނީ، ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަޖިލިހަށް ހާޒިރުކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުއްވައި ދެއްވުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މާދަމާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފައި ވާއިރު، މި ބައްދަލުވުމަކީވެސް އާންމުކޮށް ހުޅުވާލައިގެން  ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-