މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ޚަބަރެއް ނުވެގެން ފުވައްމުލަކުން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.
ޏ ފުވައްމުލަކު ދިގުވާނޑު / އެފްރޯ އުމުރުން 24 އަހަރުގެ އަޙްމަދު އިޔާޝް ވަސީމް ފެނިފައިވަނީ، ގެއްލިގެން ހޯދަމުން ދިޔަތާ 10 ދުވަސް ފަހުންނެވެ.
އޭނާ ފެނުން އިރު ޙަލު ރަނގަޅުކަމުގައިވެސް ފުލުހުން ބުނެއެވެ.
މި ފާއިތުވި މަސްތެރޭގައި 4 މީހަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރި އިރު އޭގެ ތެރޭގައި 2 ކުޑަ ކުދިންވެސް ހިމެނެއެވެ.