-Advertisement-

-Advertisement-

ތިންވަނަ ފިޔަވަހި ބިންހިއްކުން އަލުން ފަށައިފި

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް 23 ހެކްޓަރުގެ ބިން ހިއްކައިފައި ވާއިރު، ރާއްޖޭގެ ފަރުތަކުގެ ގާ ހުދުވުމުގެ ކަންބޮޑުވުމާއެކު  ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭ އިން ކުރި އިއުލާނާއި ގުޅިގެން މި މަޝްރޫއުވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

އެޗްޑީސީން ބުނީ އީޕީއޭގެ ހުއްދަ އަލުން ލިބުމާ އެކު ހުޅުމާލޭ ދެވަނަ ފިޔަވހީގެ ބިން ހިއްކުން އިއްޔެ ހަވީރު ފަށައިފައިވާކަމަށާއި، ޅުމާލެ ތިންވަނަ ފިޔަވަހިން ދެން ހިއްކަން އޮތީ ބާކީ 40 ހެކްޓަރުގެ ބިން ކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާ އިރު، އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށް ވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތި ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ވީމާ، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނަގައި ފަޅުތެރެ ހުސްކޮށް ދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް އެޗްޑީސީން ވަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ފަޅުތެރޭގައި އަޅައިފައި ހުރި އުޅަންދުތައް ނެގުމަށް 3 ފަހަރެއްގެ މަތިން އެދިފައެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-