-Advertisement-

-Advertisement-

ބަކާ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް ޑރ. މުއިއްޒާއި ކެބިނެޓް މިނިސްޓަރުން ކެބިނެޓް ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މީގެ ތިން ދުވަސް ކުރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ބަކާ އެނބުރި މާލެ އައިސްފައިވާއިރު، ހުން އައިސް ވަރު ދެރަވުމުގެ ސަބަބުން ރޭގައި ބަކާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ދައްކާފައެވެ. ނޭވާލާން އުނދަގޫތަކެއް ހުރުމުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއް ބަކާ ނިޔާވުން ވެގެން ދިޔައީ އެންމެންނަށްވެސް ފުން ހިތާމައެއް ގެނުވި ކަމަކަށެވެ.

ބަކާ ނިޔާވުމާއި ރައީސް ޑރ. މުޢިއްޒު ވަނީ ބަކާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބަކާ ނިޔާވުން އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

“ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް,” ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބަކާ އަކީ ރާއްޖެއަށް ކުޅިވަރުގެ ރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޒުވާނެކެވެ. އުމުރުން 38 އަހަރުގެ ސ.ހިތަދޫ އަށް އުފަން ބަކާގެ ކެރިއަރު 2004 ވަނަ އަހަރު އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިން ފަށާފައިވާއިރު، ބަކާ ވަނީ 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ކުޅެފައެވެ. އެންމެފަހުން 2021 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެފައިވާ އިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ބަކާ ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-