-Advertisement-

-Advertisement-

ނުރައްކާތެރި މެނިންގޮކޯކޮލް ވައިރަސް ރާއްޖެއިން ފެނިއްޖެ

މެނިންގޮކޯކަލް ޖެހިފައިވާ މީހެއް - ފޮޓޯ/ އެންޑަބްލިއުއެސް ހެލްތް

ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެއެވެ.

މި ބަލީގެ ވޭދަނައެއް ރާއްޖެއިން ފެނިފައިވާކަން ކަށަވަރުކޮށްދެއްވައި ޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ބަލީގެ ވޭދަނައެއް ފެނުނު ނަމަވެސް މި ބަލި ރާއްޖޭގައި ފެތުރެމުން އަދި ނުދާ ކަމަށެވެ.

އަދި މިކަމާއި ގުޅުން ހުރި އިތުރު މައުލޫމާތުތައް ހިއްސާ ކުރައްވާނެކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ

ނެއިސެރިއާ މެނިންގްޓިޑިސް ސަބަބުން އެންމެ އާންމުކޮށްޖެހެނީ ދެ ބައްޔެކެވެ. އެއީ ސިކުނޑިއާއި މައިބަދައާ ގުޅުވައިލާ ސަރަހައްދަށް އިންފެކްޓުވާ މެނިންގޮކޯކަލް މެނިންގިޓިސްއާއި، ލެޔަށް ޖެހޭ އިންފެކްޝަނެއްކަމަށްވާ މެނިންގޮކޯކަލް ސެޕްޓިސެމިއާއެވެ.

 މެނިންގޮކޯކޮލް ބަލީގެ ބައެއް އަލާމާތްތައް

  • ގަދައަށް ހުން އައުން
  • ބޮލުގައި ވަރަށް ބޮޑަށް ރިއްސުން
  • ކަރަށާއި ކަނދުރާއަށް ތަދުވެ، ބާރުވެފައިހުރުން
  • ހޮޑުލެވުން
  • ހަންގަނޑުގައި ރަތް، ދަނބު ކުލައިގެ ފިތްގަނޑުލުން
  • ފައިގައި ރިހުން
  • އަވަސްއަވަހަށް ނޭވާ ލެވުން
  • އަތްފައި ފިނިވުން

މި ބަލި ފެތުރެނީ ބަލި ޖެހިފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުން، ނޭވާލައި ނިޒާމުގެ ތެރެއިންނާއި އަނގައިގެ ތެރެއިންނެވެ.

އަދި މީގެ އިތުރުންވެސް ފާހަގަކޮށްލެވެނީ މިއީ އަރިދަފުސް ފަދަ އިންފްލުއެންޒަރތައް ފަދައިން ފަސޭހައިން ފެތުރެ ބައްޔެއް ނޫން ކަމެވެ.

މި ބަލި ޖެހިފައިވާކަން އެނގުމާއެކު އެންޓިބައިޓިކް ދީ އަވަހަށް ފަރުވާ ދިނުމަކީ މުހިންމު ކަމެކެވެ. އެހެންނޫންނަމަ ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

ބައްޔަށް ފަރުވާ ދިން ނަމަވެސް 10 ނުވަތަ 15 ޕަސެންޓު ކޭސްތަކުގައި ބޮޑުވަރުވެއެވެ. އަދި 20 ޕަސެންޓު ކޭސްތަކުގައި އުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައިި ސިކުނޑިއަށް ގެއްލުންވުން، އަތް ނުވަތަ ފައި ބުރިކުރަން ޖެހުން، ނުވަތަ އަޑުއިވުމުން މަހުރޫމްވުން ހިމެނެއެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ވެކްސިން ޖެހުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-