-Advertisement-

-Advertisement-

މިރޭ ފަތިސް ނަމާދަށްފަހު ބަކާ ގެ ކަށުނަމާދު ބޭއްވުމަށް ނިންމައިފި

ފޮޓޯ: އަދަދު ނޫސް

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ކަށުނަމާދު މިރޭ ފަތިސް ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

ބަކާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ މަސްޖިދު ޒައިދުބިން ޘާބިތު (ސަހަރާ މިސްކިތް) ހުޅުމާލޭގައެވެ.

ބަކާ ނިޔާވެފައިވަނީ ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު މާލެއަށް އައިތާ 3 ދުވަސްފަހުން ހުން އައިސްގެން ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

ބަކާ މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔުއްވާފައެވެ. އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބަކާ ނިޔާވުން އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

” ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ޚާއްޞަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ” ރައީސް ވިދާޅުވިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުން އައިތާ ތިން ދުވަސް ފަހުން ބަކާ ނިޔާވެފައިވާއިރު، ހެލްތް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނިއުސް ދެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަކާ ނިޔާވީ ރާއްޖޭގައި މިހާރު ފެނިފައިވާ މެނިންޖައިޓިސް ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށްކަމަށެވެ. ނަމަވެސް މިކަން ރަސްމީކޮށް އޭޑީކޭ ހޮސްޕިޓަލްއިން އަދި ހެލްތް މިނިސްޓްރީއިންވެސް އިއުލާން ކޮއްފައިނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-