-Advertisement-

-Advertisement-

މެނިންގޯކޮކަލް ބަލި ޖެހުނު މީހާ އާއި ކޮންޓެކްޓްވި މީހުންނަށް ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފި

ފޮޓޯ: މެނިންޖައިޓިސް ރިސަރޗް ފައުންޑޭޝަން

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް ކޮންޓެކްޓް ޓްރޭސިންގް ހަދާ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މެނިންގޯކޮކަލް ޖެހުނު މީހާ މިއަދުގެ ވަގުތެއްގައި ނިޔާވެފައިވާއިރު، މައުލޫމާތު ލިބޭ ގޮތުގައި އެ ބަލީގައި ނިޔާވެފައި ވަނީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ.

އޭނާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ތިން ދުވަސް ކުރިން މާލެ އައި ތަނުން ހުން އައިސް، ވަރު ދެރަވެ ހާލު ކުއްލިއަކަށް ސީރިއަސްވެގެން އޭޑިކޭގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭ އިރުއޮސުނު ހާރިއުއެވެ.

އާއްމުކޮށް ހައްޖު ނުވަތަ އުމްރާގެ އަޅުކަމަށް ގޮސް އަންނަ މީހުންގެ ފަރާތުން ފެންނަ މިބައްޔަކީ އަވަސް ފަރުވާ ބޭނުންވާ ނުރައްކާތެރި ބައްޔެކެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދު މި ބަލީގެ އަލާމާތްތައް ފެންނަން ފަށާއިރު މި ބަލީގެ ނުރައްކާ އެންމެ ބޮޑީ، ތުއްތު ކުދިންނާއި، ފުރާވަރުގެ އުމުރުގެ ކުދިންނާއި ޒުވާން އުމުރުގެ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުގެ އިތުރުން ގުނަވަންތައް ފެއިލްވެފައި ތިބޭ ބަލިމީހުންނަށެވެ. މެނިންޖައިޓިސްއަކީ ފަރުވާ ލަސްވެއްޖެނަމަ ހާލު ވަރަށް ސީރިއަސް ވެދާނެ ބައްޔެއްވެސްމެއެވެ.

މެނިންޖައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި:

  • ހުންއައުން.
    މާބޮޑަށް ބަލިވުން.
    ބޮލުގައި ރިއްސުން.
    ކަރުހިއްކުން.
  • ބޭރަށް ހިންގުން.
  • ގަދަ އަލި ހުންނަތަންތަނުގައި ނުހުރެވުން.
  • ހިނގާ ބިގާވެ އުޅެން އުނދަގޫވުން.
  • ގިނައިން ނިދުން.

މެނިންޖައިޓިސްއަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

އެހެންނަމަވެސް މި ބައްޔަކީ އާދައިގެ ވައިރަލްތައްހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫންކަމަށްވެސް ބައިނަލްއަޤްވާމީ ސިއްހީ މާހިރުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-