ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު ލައިޓް ކައިރީގައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިރޭ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު ލައިޓް ކައިރީގައި އޮތް ކާރެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގިނަ އިރު ނުވަނީސް އަލިފާން ނިއްވާލެވިފައިވާ ކަމަށާއި އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާ ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.