އައްޑޫ ސިޓި ފެދޫ މޫދުގައި މަރުވެފައި އޮތް ބިދޭސީއެއް ފެނިއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫން މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއްގެ ޚަބަރު ނުވެގެން ހޯދަމުން ދަނީކޮށް އޭނާ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓު 09:40 ހާއިރު ލިބިފައިވާކަމަށެވެ.
އަދި ފެނުނު މީހާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އެރަށު ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެއެވެ.
އެ މީހާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.