-Advertisement-

-Advertisement-

ވަވަތިއަށް ލައްވި ޑިންގީގައި ތިބި މީހުން އިމިގްރޭޝަނާއި ހަވާލުކޮށްފި

ވަވަތިއަށް ލެއްގި ޑިންގީގައި ތިބި މީހުން- ފޮޓޯ- ފުލުހުން

މި މަހުގެ 22 ވަނަ ދުވަހު ނ. އަތޮޅު ވަވަތިއަށް ލައްވި ޑިންގީގައި ތިބި ސޯމާލިއާ 3 މީހުން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވަވަތިއަށް ލައްވި ޑިންގީގައި ތިބި ސޯމާލިޔާ ތިން މީހުން އެ އަތޮޅު ޅުދޫއަށް ގެންގޮސް ކައުންސިލްގެ އެހީތެރިކަމާއި އެކު ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށެވެ.

އަދި މިއަދު އެ ތިން މީހުން ހުޅުމާލެ އިމްގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެމީހުންނާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށް ފުލުހުން ވަނީ، އެ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއް ކަމަށް ވިދާޅުވެފައެވެ.

ވަވަތިއަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-