-Advertisement-

-Advertisement-

ޔޫރޯ 2024: އިންގްލެންޑް 0-0 ސްލޮވީނިއާ

ގްރޫޕް ސީގައި ކުޅުނު ތިންވަނަ މެޗުން ސްލޮވީނިއާ ކޮޅަށް އެއްވެސް ގޯލެއް ނުޖެހި އނގިރޭސި ޓީމު އެއްވަރު ވެއްޖެއެވެ.

މި މުބާރާތުގައި އޮތް އެންމެ ވަރުގަދަ އެއް ސްކޮޑް އޮތް އިނގިރޭސި ޓީމުން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ރަނގަޅު ކުޅުމެއް ދެއްކިފައި ނުވިޔަސް އެޓީމުން ގްރޫޕު ސްޓޭޖް ނިންްމާލައިފައިވަނީ ގްރޫޕްގެ އެއްވަނާގައެވެ. މި ނަތީއްޖާ އެކު ތިން ވަނަ ހޯދި އެންމެ ރަނގަޅު ނަތީއްޖާ ނެރުނު 4 ޓީމުގައި ހިމެނުނު ސްލޮވީނިއާވެސް ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ.

މި މެޗުގައި އާސެނަލްގެ ވިންގަށް ކުޅޭ ބުކާޔޯ ސާކާ ގޯލެއް ޖެހި ނަމަވެސް އެ ގޯލު ޖަހަން ޕާސް ކުރި ފޯޑެން އޮފްސައިޑް ކަމަށް ބަލައި ރެފްރީވަނީ އެގޯލް ކެންސަލް ކޮށްފައެވެ. އެންމެ ފަހުން ކުޅުނު މެޗުންވެސް އެއްވަރުވި އިންގްލެންޑު ޓީމުން ކުޅުން ރަނގަޅު ކުރެވޭތޯ މި މެޗުގައި އެޓީމުގެ މެދުތެރެއަށް ބަދަލެއް ގެނެސްފައިވެއެވެ. އިންގްލެންޑުގެ މެދުތެރެއަށް ކުޅެން ޓްރެންޓްގެ ބަދަލުގައި އަރުވާފައިވަނީ ޗެލްސީގެ މިޑްފީލްޑަރު ގެލެގާއެވެ.

އެހެން ނަމަވެސް މި ބަދަލުގެ ސަބަބުން ވެސް އިންގްލެންޑުގެ ކުޅުމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވެއެވެ. ދެވަނަ ހާފު ފެށުނު އިރު ގެލެގާ ބާލައި މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ތަރި ކޮބީ މައިނޫ އަރުވާފައިވެއެވެ.

މި ނަތީއްޖާ އާއެކުވެސް މި ގްރޫޕުގެ ދެން ކުޅުނު މެޗުން ޑެންމާކާއި ސާބިއާ އެއްވަރު ވުމުން ގްރޫޕުގެ އެއްވަނަ މަގާމު ލިބިފައިވަނީ އިންގްލެންޑަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-