މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ/މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދޔ ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަދި ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ސީއީއޯ/އެމްޑީއަކުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިމަގާމަށް ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.
މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ/މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާއިރު، މިމަގާމަށް އެދި ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ، ކަވާ ލެޓަރ، ތައުލީމީ ސެޓްފިކޭޓްގެ އިތުރުން އެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔުން މެއިލް ކުރެއްވުމަށް ޕީސީބީން ވަނީ އެދިފައެވެ.
މިފްކޯ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮންނަ ކުންފުންޏެކެވެ. މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމުގައި ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަން ކުރުމުގެ ކުރުން މިމަގާމު އަދާ ކުރެއްވީ އަހުމަދު ސަމާހު ރަޝީދެވެ.