ހައްޖުގެ އަޅުކަން ކުރުމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުންނަށް ޙާއްސަ ކްލިނިކެއް އައިޖީއެމްއެޗް ގައި ހުޅުވައިފިއެވެ.
ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުވާ ކްލިނިކުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ލޭގެ ސާމްޕަލް ނެގުން ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ.
ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ދިވެހިރާއްޖެ އިން ފެނުމާއި ގުޅިގެން ހުޅުވާފައިވާ މިކްލިނިކް ހުންނާނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމް ހުންނަ ފަޅިން ވަދެވޭ ދޮރާށިން ވަންނަ އިރު އެވެ. އައިޖީއެމްއެޗް އިން މައުލޫމާތުދޭ ގޮތުގައި އެސަރަހައްދުގައި ހައްޖުވެރިންނަށް ހާއްސަ ކްލިނިކްގެ ކްލިނިކްގެ ޓްރިއޭޖް ކައުންޓަރު ހުންނާނެއެވެ.
އެހެންކަމުން ހައްޖުވެރިން ޑޮކްޓަރަށް ދެއްކުމަށް އައިސް އެންމެ ފުރަތަމަ ދައްކަން ޖެހޭނީ މި ކައުންޓަރަށް ކަމަށާއި ހައްޖު ފްލޫ ކްލިނިކް ގާއިމްކޮށްފައި ވަނީ ލުއިބުއިން ހުންނަ ސަރަހައްދުގައި ބަލި މީހުން ބަލާ 10 ނަންބަރު ކޮންސަލްޓޭޝަން ރޫމުން ކަމަށް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ.
މެނިންޖައިޓިސް ބަލި ފެނުމާއި ގުޅިގެން ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ގާއިމް ކޮށްފައިވާއިރު، ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު ރާއްޖެ އައިސްފައިވާ މީހެއްގެ ފަރާތުން މިބަލި ވަނީ ފެނިފައެވެ.