-Advertisement-

-Advertisement-

އިސްރާއީލުގެ 7 ވެރިއެއްގެ މައްޗަށް ދެކުނު ކޮރެއާއިން ދައުވާ ކުރަނީ

އިސްރާއީލުގެ އެންމެ އިސް ހަތް ވެރިންނާ ދެކޮޅަށް ދެކުނު ކޮރެއާގައި ޖިނާއީ ދައުވާއެއް އުފުލައިފިއެވެ.

ދެކުނު ކޮރެއާގެ މުސްތަޤިއްލު ތަޙުޤީޤީ އިދާރާއެއްކަމަށްވާ “ސައުތް ކޮރެއަން ޕޮލިސް އިންވެސްޓިގޭޝަން އެޖެންސީ”އިން ދައުވާ އުފުލި ފަރާތްތަކުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އިސްރާއީލުގެ ރައީސް އިސްހާގް ހެރްތޮޒްއާއި ދިފާއީ ވަޒީރު ޔޮއަވް ގަލަންޓް ހިމެނެއެވެ. މީގެ އިތުރުން އިސްރާއީލުގެ ސިފައިންގެ އިސް ކޮމާންޑަރާއި އާމީ ޗީފް އޮފް ސްޓާފް ހާޒީ ހަލޭވީއާއި މާލީ ވަޒީރު ބިތަސްލިއީލް ސްމޮޓްރިޗް އަދި ގައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާރު ބެންގަވީރު ހިމެނެއެވެ.

ސައުތް ކޮރެއަން ޕޮލިސް އިންވެސްޓިގޭޝަން އެޖެންސީއަކީ ދެކުނު ކޮރެއާގެ ފުލުހުންނާ ގުޅިފައިވާ މުޅިން މުސްތަޤިއްލު ތަޙުޤީޤީ އިދާރާއެކެވެ. ފަލަސްތީނުގައި މިހާރު ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން މި 7 މީހުންނަނީ ނުރައްކާތެރި ތިން މުޖްރިމުންގެ ގޮތުގައި މުޅި ދުނިޔެ ގަބޫލުކުރެއެވެ.

މި ފަދަ ދައުވާއެއް ސާބިތުވެއްޖެނަމަ އެ ފަރާތްތަކުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަންނާނެއެވެ. އެގޮތުން ދެކުނު ކޮރެއާއަށް ވަނުން މަނާކުރުމާއި ޑިޕްލޮމެޓިކް ފިޔަވަޅުތައް އެޅުމާއި އެކައުންޓްތައް ފްރީޒް ކުރުންފަދަ މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅޭނެކަމަށް ދެކުނު ކޮރެއާގެ ގާނޫނު ބަޔާންކުރެއެވެ. އެ ގާނޫނުގައިވާ ގޮތުން ބޭރުގެ މުޖްރިމުންނާ ދެކޮޅަށް ވެސް މި މުމައްސަސާއަށް ދައުވާ އުފުލިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-