-Advertisement-

-Advertisement-

ފެނަކައިގެ ކުރީގެ އެމްޑީއަށް ފިޔަވަޅުއަޅަން ޝުޖާއު ގޮވާލައްވައިފި

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަކު އަޙްމަދު ސައީދު މުޙައްމަދު، އެ މަޤާމުގައި ހުންނެވި އިރު އެ ކުންފުންޏަށް ވަރަށް ބޮޑަށް ހިޔާނަތްތެރިވިކަމަށް ތުހުމަތުކުރައްވާ، ސައިދުގެ މައްސަލަ ބަލާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަންގެ މައްސަލަތަކާ ބެހޭ ގޮތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި 2022 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ހަމައަށް ފެނަކަ އިން 7،000 މީހުންނަށް ވަޒީފާ ދީފައިވާކަމަށެވެ. އޭގެ ތެރޭގައި ވުޖޫދަށް ނާންނަ އިންޖީނުގެތަކަށް ބޭނުންވާ މުވައްޒަފުންނަށް ވެސް އެ އިންޖީނުގެތަކުގެ ނަމުގައި މަގާމުތައް ދީ ވަޒީފާ ދީފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ފެނަކައިގެ ސީއެސްއާރް މަޝްރޫއެއް ގޮތުގައި ހެދުމާއި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނަކައިން ޓީވީ ބެހުން ފަދަ ކަންކަން އޭރު ފެނަކައިން ކޮށްފައި އެބަހުއްޓެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވެ 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވަޒީފާ ދީފައި ވަނީ 1620 މުވައްޒަފުންނަށް ކަމަށެވެ. އަދި އެގްރީމަންޓުތައް ހަމަވެގެން 1780 ވަގުތީ މުވައްޒަފުން ދޫކޮށްލާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-