ރާއްޖެއަށް ދަރަނީގެ ބުރަބޮޑުވެ ފިޗްގެ ކްތރެޑިޓް ރޭންކުން ރާއްޖެ ދަށް ކޮށްފިއެވެ.
ޗައިނާއިން އިތުރު ލޯނުތަކެއް ނަގަން ރާއްޖެއިން މަސައްކަތް ކުރަމުންދާކަމަށް ބެލެވި، އައިއެމްއެފްއިން ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައި ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ‘ސީސީސީ ޕްލަސް’ އަށް ދަށްކޮށްފައެވެ.
އެއީ ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިނޭންސް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުންނެވެ.
އެގޮތުން ފިޗުން ވަނީ، މިދިޔަ އަހަރުގެ މެއި މަހާއު ހަމައަށް ރާއްޖޭގެ ފޮރިން ރިޒާވްގައި ހުރި 748 މިލިޔަން ޑިލަރުވަނީ މި އަހަރުގެ މެއި މަހާއި ހަމައަށް އައި އިރު 492 މިލިއަން ޑޮލަރަށް ދަށްވެފައިކަން ފާހަގަ ކޮށްފައެވެ.
އަދި ހަމަ އެޔާއެކު ރާއްޖޭން މި އަހަރު ބޭރުގެ ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު އަދި ގެރެންޓީޑް ބޭރުގެ ދަރަނީގެ ގޮތުގައި 176 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ފިޗުންވަނީ ބުނެފައެވެ.
ރާއްޖޭގެ އިޝުއާ ޑިފޯލްޓް ރޭޓިން ‘ސީސީސީ ޕްލަސް’އަށް ދަށްކުރުމަކީ ބޭރުގެ ދަރަނި އިތުރުވުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތައް އިތުރުވުން ދައްކުވައިދޭ ކަމެކެވެ.
ރާއްޖޭގެ އިޝުއާ ޑިފޯލްޓް ރޭޓިން ‘ސީސީސީ ޕްލަސް’އަށް ދަށްކުރުމަކީ ބޭރުގެ ދަރަނި އިތުރުވުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތައް އިތުރުވުން ދައްކުވައިދޭ ކަމެކެވެ.
އެގޮތުން ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވުމާއި ބޭރުގެ ދަރަނިތައް އިތުރުވުމަކީ ސަރުކާރަށް އެ ދަރަނިތައް އަދާކުރުމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށް ފިޗުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފިޗުން ބުނެފައިވަނީ ސަރުކާރުން މެދު ރާސްތާގައި ބޭރުގެ ދަރަނިތަކަށް ބަރޯސާވާ މިންވަރު މަދުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އެހެން ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ވުމާއެކު އެ އަދަދު 2025ގައި 557 މިލިއަން ޑޮލަރަށް، އަދި 2026ވަނަ އަހަރު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިޗުން ލަފާކޮށްފައި ވާއިރު، އޭގެ ތެރޭގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނޭކަން ފާހަގަކޮށް، ރާއްޖެއަށް އޮތް މާލީ ބުރަ ފިޗުން ވަނީ ފާހަގަކޮށްފައެވެ.
“ފިޗް ރޭޓިންގްސް” އަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ. ފިޗުން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިން އެއް ދިނީ 2016 ވަނަ އަހަރެވެ.
ކްރެޑިޓް ރޭޓިން އަކީ އިންވެސްޓަރުންނަށް އެމީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރެވޭ އިންޑިކޭޓާ އެކެވެ.