-Advertisement-

-Advertisement-

މާލޭގެ މަގަކަށް “ފަލަސްތީނު ހިނގުން:” ކިޔުމަށް ނިންމައިފި!

މާލޭ މަގެއް: ފޮޓޯ/ފްލިކަރ

މާލޭގެ މަގަކަށް ” ފަލަސްތީނު ހިނގުން” ގެ ނަމުން ނަން ދިނުމަށް މާލޭ ސިޓި ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލްގެ  ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައި މާލޭގެ ނަންނުދީ އޮތް ދެމަގުގެ ތެރެއިން އެއްމަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުށައެޅުއްވި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިއަދު ބޭއްވި މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 151ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ ނަން ކިޔާނެ މަގަކާއި އަދި އެމަގަށް ކިޔާނެ ނަމެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

އަދި އެ މަގަށް “ފަލަސްތީނު ހިނގުން” ކިޔުމަށް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާކަމަށްވެސ މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެހެން ނަމަވެސް އެ މަގަށް ނަން ދިނުމަށް ވަކި ތާރީޚެއް އަދި ކަނޑަ ނާޅާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-