ޔޫރޯ 2024 ގްރޫޕް އެފްގެ ފަހު މެޗުގައި ބެންޗު ޓީމު އަރުވައިގެން ކުޅުނު ޕޯޗުގަލް ޓީމު ބަލިކޮށް ޖޯޖިއާ ދެވަނަ ބުރަށް ކޮލިފައިވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ޔޫރޯ ގައި އަލަށް ކުޅޭ ޖޯޖިއާ މޮޅުވެފައިވަނީ 2-0 ގެ ނަތީއްޖާ އަކުންނެވެ. މި ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައިވާ ޕޯޗުގަލް ޓީމުން މި މެޗުގައި ކުޅުނީ ބެންޗުގެ 8 ކުޅުންތެރިންނަށް ފުރުސަތު ދީގެންނެވެ. އެހެންކަމުން އެ ޓީމަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.
ޕޯޗުގަލްގެ ކެޕެޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި މެޗުގައިވެސް އެއްވެސް ގޯލެއް ޖެހިފައި ނުވާއިރު ޖޯޖިއާ އަށް ދެ ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ ތަރި ކްވަރަޝީލާގެ އިތުރުން މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި މިކައުޓާޒޭ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗު ފަށައިގެން އެންމެ 2 މިނުޓު ފަހުންނެވެ.
މި ނަތީއްޖާ އާކު ޖޯޖިއާ ދެވަނަ ބުރަށް ކޮލިފައިވެފައިވާއިރު އެޓީމު ދެވަނަ ބުރުގައި ކުޅޭނީ މި މުބާރާތުގެ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންއާ ދެކޮޅަށެވެ. އަދި ގްރޫޕުގެ އެއްވަނާގައި ނިންމި ޕޯޗުގަލް ދެވަނަ ބުރުގައި ކުޅޭނީ ސްލޮވީނިއާ އާއި ދެކޮޅަށެވެ.
ޔޫރޯ 2024 ގެ ދެވަނަ ބުރުގެ މެޗުތައް ކުޅެން ފަށާނީ ޖޫން 29 ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ.