-Advertisement-

-Advertisement-

ރައީސް އޮފީހުގެ ވަޒީރު އާދަމް ރަމީޒް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

ފޮޓޯ: އަވަސް

ރައީސް އޮފީހުގެ ވަޒީރު އާދަމް ރަމީޒް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

ރަމީޒް މަގާމުން ވަކިކުރުމާއި ބެހޭ ގޮތުން ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު ވިދާޅުވީ ރަމީޒް މިނިސްޓަރުކަމުގެ މަގާމުން އެކަހެރިކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އާދަމް ރަމީޒް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެއް ވަޒީރުއެވެ. ރަމީޒް ގެ އިތުރުން ރަމީޒްގެ ކުރީގެ އަންހެނުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވެސް ވަނީ މަގާމުން އެކަހެރިކޮށްފައެވެ.

ރަމީޒް އަދި ޝަމްނާޒް މަގާމުން ވަކި ކުރި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ބެލެވޭ ގޮތުން ދެބޭފުޅުން ވެސް މަގާމުތަކުން އެކަހެރިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހަދަން އުޅުނު ކަމުގެ މައްސަލައިގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ، ކުރީގެ ސިޔާސީ މުވައްޒަފުންގެ ބަޔަށް ޝަމްނާޒްގެ ނަން ބަދަލުކޮށްފައިވާއިރު ޝަމްނާޒް މަސައްކަތްކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކަމަށް ބުނެފައިވެއެވެ.

ޝަމްނާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހު ޝަމްނާޒްގެ އިތުރުން އިތުރު ދެމީހަކު ހައްޔަރުކޮށްފައެވެ. މިމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-