-Advertisement-

-Advertisement-

މި ސަރުކާރުން ހަވާލުވިއިރު ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރީ އެންމެ ރަނގަޅަކަށް ނޫން: މިނިސްޓަރު އިޙްސާން

ހޯމް މިނިސްޓަރު އިހުސާން

މި ސަރުކާރުން ހަވާލުވިއިރު ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ޖަލަށް ވެއްދޭ ތަކެއްޗާއި މީހުން ބަލާ ފާސް ކުރުމުގެ ކަންކަން ހުރީ ރަނގަޅަކަށް ނޫން ކަމަށާއި ބަލާ ފާސް ކުރަން ބޭނުން ކުރާ އާލާތްތަށް ވެސް ޖަލަށް ފޯރު ކޮށްދީފައެއް ނުވާ ކަމަށެވެ.

ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށްޓަކައި މިސަރުކާރުން މިހާތަނަށް މާފުށީ ޖަލުގައި މެޓަލް ޑިޓެކްޝަން 2 ދޮރު ހަރުކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ހަމައެއާއެކު ބޮޑީ ސްކޭނަރެއްގެ ބެހެއްޓުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ޖަލުގެ އޮފިސަރުންނަށް އެންފޯސް ކުރުމަށް ފަސޭހަވާނީ ފުރިހަމަ ޖަލެއްގައި އަޅަންޖެހޭ ހުރިހާ ނިޒާމްތައް އަޅާ ނިމުނީމަ ނުވަތަ ފޯރު ކޮށްދެންޖެހޭ ހުރިހާ ޓޫލްސްތަކާއި ރިސޯސަސް ފޯރުކޮށްދީ ނިމުނީމަ ކަމަށެވެ.

ފުރިހަމަ ޖަލެއްގެ އަޅަންޖެހޭ ހުރިހާ ނިޒާމްތައް އަޅާ ނިމުނީމަ ނުވަތަ ފޯރު ކޮށްދެންޖެހޭ ހުރިހާ ޓޫލްސްތަކާއި ރިސޯސަސް ފޯރުކޮށްދީ ނިމުނީމަ ޖަލުގެ އޮފިސަރުންނަށް އެންފޯސް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ހަރަދު ވަރަށް ބޮޑުތަނުން ބޮޑުވާ ކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ ތަފާތު މަރުކަޒުތައް ހެދޭ ވަރަކަށް ދައުލަތައް ބުރަ ބޮޑުވާނެތީވެ މިސަރުކާރުން ގެންގުޅޭ ޕޮލިސީއަކީ ސެންޓަރްލް އެއް ޖަލު އެޅުން ކަމަށެވެ.

ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ރަނގަޅު ކުރުމާއި ބެހޭ ގޮތުން އިހުސާން އިތުރަށް ވިދާޅުވީ މިސަރުކާރުގެ ޕޮލިސީގައިވާ ފަދައިން ސެންޓްރަލް އެއް ޖަލު ހެދުމުން އެޖަލެއްގެ ކަންކަން ރަނގަޅު ކުރުމާއިއެކު އެކްސެސް ވެސް ރަނގަޅު ކުރެވޭނެ ކަމަށާއި ތަނަށް ވައްދާ ތަކެތި ބަލާ ފާސް ކުރުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-