-Advertisement-

-Advertisement-

މުއްސަނދިންނަށް ޚާއްޞަ ޕްރިމިއަމް ވިލާތަކުގެ މަޝްރޫޢުގެ ބިންގާ އަޅައިފި

ފޮޓޯ: ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

ހުޅުމާލެ 2 ގައި “އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް”ގެ ނަމުގައި ހަދާ މުއްސަދިންނަށް ޚާއްޞަ ޕްރިމިއަމް ވިލާތަކުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލޭގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. ހުޅުމާލޭ 2 ގެ އިރުއުތުރު ކަންމަތީގައި 19،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ހިންގާ މި މަޝްރޫޢު ނިންމުމަށް އެޗްޑީސީއިން 3 އަހަރުގެ މުހުލަތެއް ބެޗް ކޮންސްޓްރަކްޝަންސަށް ދީފައިވެއެވެ.

މި ޕްރިމިއަމް ވިލާއިން ލިބޭނެ ބައެއް ހިދުމަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  • ރެކްރިއޭޝަން ސެންޓަރު
  • ޕްރައިވެޓް ނެއިބަހުޑް
  • ގާޑްރޫމް
  • ޕޫލް ހައުސް،
  • މަލްޓި ޕަޕޮސް އިވެންޓް ހޯލް
  • ވެލްނެސް ސެންޓަރު
  • ޕޮލިސް ޕޯސްޓް،
  • ލެޕް ޕޫލް
  • ސެމީ ގާޑެޑް ސެކުއިރިޓީ
  • ކޮމާޝަލް ކޮމްޕްލެކްސް
  • ރެސިޑެންޓް ބަގީޗާ
  • ކްލަބް ހައުސް

އެޗްޑީސީން މި މަޝްރޫޢު ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 13 ނޮވެމްބަރު 2022ގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-