-Advertisement-

-Advertisement-

ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރުމާ ގުޅިގެން މީހުންގެ ސަމާލުކަމަށް އައި މީހާ ނިޔާވެއްޖެ

ސަލްމާން މިސްކިތުގެ މިންބަރަށް އަރާ ޖަމީލު އަޑުގަދަކުރަނީ. ފޮޓޯ: ސޯޝަލް މީޑިއާ

މަގުމަތީގައި ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ބިރުދައްކަމުންދިޔަ މުޙައްމަދު ޖަމީލު (45އ)، ށ. ފުނަދޫ، މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓައި ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ ނަމާދުކުރަން ސަޖިދާގައި އޮއްވައި ކަމަށާއި، ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވަނީ ވިދާޅުވެފައެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ކަރެކްޝަންގެ މުވައްޒަފުން އިއްޔެ ވަނީ އެ ގޮޅިއަށް ވަދެ އޭނާއަށް ސީޕީއާރު ދީފައެވެ. ނަމަވެސް ބަދަލެއް ނައުމުން އިއްޔެގެ މެންދުރުގެ ވަގުތެއްގައި މާފުށީ ޞިއްޙީ މަރުކަޒުގައި އޭނާއަށް ފަރުވާ ދީފައިވާކަމަށް ކަރެކްޝަންސްއިން ބުނެއެވެ. މާފުށީ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރުން ހާމަކުރި ގޮތުގައި އޭނާ ނިޔާވެފައިވަނީ ހިތް ހުއްޓިގެންނެވެ.

މި މީހާއަކީ ގިނަ ދުވަސްތަކެއް ވަންދެން ނަފްސާނީ ބައްޔަށް ފަރުވާކުރަމުން އަންނަ މީހެއް ކަމަށް ޑޮކްޓަރުންގެ ލިއުންތަކުން ދައްކާކަމަށް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-