-Advertisement-

-Advertisement-

ޝާހިދު ޗައިނާގެ ރައީސް ޝީއާ ބައްދަލު ކުރައްވައިފި

އަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ ބައްދަލު ކުރެއްވުން. ފޮޓޯ: އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައެވެ. ޝާހިދު ޝީއާ ބައްދަލުކުރެއްވީ “ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް”އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. އެއީ ޗައިނާގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު 5 އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.

ޝާހިދު ޝީއާ ބައްދަލުކުރެއްވީ މި ކޮންފަރެންސްގައި ޝީ ދެއްވި ތަޤްރީރުގެ ކުރިންނެވެ. ޝީގެ ތަޤްރީރަށްފަހު ޝާހިދު ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކޮށްގެން ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭކަމަށާއި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެންގެ ދިރިއުޅުން ބައްޓަންކުރުން ކަމުގައެވެ.

ޝާހިދު ވިދާޅުވީ އެކުގައި މަސައްކަތްކޮށްގެން އާންމު ގޮންޖެހުންތަކަށް ކުރިމަތިލެވި ދެމެހެއްޓެނިވި ސުލްހަވެރި ހަމަޖެހޭ އަދި ފާގަތި މުސްތަޤުބަލަކަށް އެންމެންނަށް މަގުފަހި ކުރެވިދާނެކަމަށެވެ.

ނިމިދިޔަ ދައުރުގައި ޝާހިދު ވަނީ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-