-Advertisement-

-Advertisement-

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް އިއްޔެ ރާއްޖެ އަތުވެއްޖެ

ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ދަތުރުކުރި ފްލައިޓް ރާއްޖެ އައީ އިއްޔެ މެންދުރު 3:30 ހާއިރެވެ. މި ފްލައިޓުން 352 ހައްޖުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރާޢްޖެއިން މި އަހަރު ޙައްޖަށް ދިޔަ މީހުންގެ ދެ ގުރޫޕެއް މިހާތަނަށް ރާއްޖެ އައިސްފައި ވާއިރު ފުރަތަމަ ގްރޫޕުން ރާއްޖެ އައިސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ މީހުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިންގެ ފަހު ދެ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހާއި 4 ވަނަ ދުވަހުއެވެ.

ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1150 މީހަކު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ވަނީ ޙައްޖަށް ގޮސްފައެވެ. އޭގެ ތެރެއިން 1149 މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-