ކާރަކާއި ސައިކަލެއް ޖެހި މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އަމީރު އަހުމަދު މަގުގައި ހުންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާއިރު، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
އަމީރު އަހުމަދު މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުން ދަނީ މިހާރު އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނެފައިވެއެވެ.
މިހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށެވެ.
މިހާދިސާއާއި ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.