-Advertisement-

-Advertisement-

ރަސްމީ ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް މުއްތަލިބު ވިދާޅުވެއްޖެ

އިއްޒުއްދީން ފާލަން. ފޮޓޯ: މިހާރު

ރަސްމީ ފާލަމަކީ ގިނަ ޓޫރިސްޓުންނަށް މަރުޚަބާ ކިޔުމަށް ބޭނުންކުރެވޭ ތަނަކަށް ވާއިރު އެ ތަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް މާރާމާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ބައެއް މީހުން ކިޔަމުންދާ ފާޑުކިޔުންތަކަށް ވެސް މުއްތަލިބު އިއްޔެ ވަނީ ފޭސްބުކް މެދުވެރިކޮށް ރައްދުދެއްވާފައެވެ.

މުއްތަލިބު ވިދާޅުވީ ރަސްމީ ފާލަން މަރާމާތުނުކޮށް އަހަރެއްވުމުގެ ސަބަބުން، ފާލަމުގެ މަތީބައި ހަލާކުވެ، ނުރައްކާތެރި ހާލަތަކަށް ދިޔަ ކަމަށެވެ. އިއްޒުއްދީން ފާލަމުގެ މަތީބައި އަލުން ހެދުމަށް ނިންމައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކު އެއްބަސްވުމުގައި ސޮއިކުރީ 14 އޮގަސްޓް 2023ގައެވެ. ނިމިދިޔަ ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 5 އަހަރެއްހާ ދުވަސް ވަންދެން ފާލަން މަރާމާތުނުކޮށް ބޭއްވުމަށްފަހުއެވެ. އެހެންކަމުން ފާލަން ވަރަށް ބޮޑަށް ހަލާކުވެ، މަރާމާރުކުރަން މަޖުބޫރުވެފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ. މި ފަހަރު ބަދަލު ގެނެސް މަރާމާތު ކުރުމަށް ނިންމާފައިވަނީ ފާލަމުގެ މަތީބަޔަށް އެކަނިކަމަށް މީގެ ކުރިން މުއްތަލިބު ވިދާޅުވެފައިވެއެވެ.

ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 11.7 މިލިއަން ރުފިޔާއަށެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

އިއްޒުއްދީން ފާލަމުގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް އެކި ވެރިކަންތަކުގައި ވަނީ އެ ފާލަމަށް ބަދަލުތައް ގެނެސްފައެވެ. އެގޮތުން އެ ފާލަމުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ހުޅުވީ 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު މުނާސަބާއާ ދިމާކޮށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-