-Advertisement-

-Advertisement-

ޗައިނާގެ އައިސީބީސީއަށް އިކޮނޮމިކް މިނިސްޓަރު ސައީދު ޝުކުރު ދަންނަވައިފި

ފޮޓޯ: އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޗައިނާގެ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވައިފިއެވެ.

މި މަހުގެ 25އިން 27އަށް ޗައިނާގެ ބެއިޖިންގައި ކުރިއަށްގެންދިޔަ ދުނިޔޭގެ 15ވަނަ އިކޮނޮމިކް ފޯރަމްގައި މިނިސްޓަރު ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވަނީ އައިސީބީސީގެ ހެޑް ކުއާޓާސްއަށް ކުރެއްވި ޒިޔާރާތުގައި ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެ ބޭންކުގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާ-ރާއްޖޭގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އެ ގައުމުން ދެއްވާ އަހަންމިއްޔަތުކަން ފެނިވަޑައިގެންނެވިކަމަށް ސައީދު ލިޔުއްވާފައިވެއެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި އިޤްތިޞާދު ކުރިއަރުވައިދީ ތަރައްޤީކުރުމުގައި ޗައިނާއިން ގައުމެއްގެ ސައިޒަށް ނުބަލާކަމަށާއި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ތަރައްޤީކޮށްދިނުމުގެ ސާބިތު ގުޅުމެއްކަމަށް ވިދާޅުވެފައެވެ.

ޗައިނާގައި ކުރިޔަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގެ ތެރެއިން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓްލްމަންޓް ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާ ވެސް ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-