-Advertisement-

-Advertisement-

ޑެންމާކް ބަލިކޮށް ޖަރުމަނު ކުއާޓާއަށް!

ޔޫރޯ 2024 ގެ ރައުންޑް އޮފް 16 ގައި ޖަރުމަނުން 2-0 ގެ ނަތީއްޖާއަކުން ޑެންމާކް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑްގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްގަޑަކަށް ދިހަ މިނެޓަށް ވެފައި ވަނިކޮށް ގަދަ ތޫފާނެއްގެ ސަބަބުން މެޗުގެ ކުޅުން ވަގުތީ ގޮތުން ހުއްޓާލުމަށްފަހު, އަލުން ކުޅެން ފަށާފައިވަނީ އޭގެ ވިހި މިނުޓު ފަހުންނެވެ.

މި މެޗުގައި ދެގޯލުވެސް ޖަރުމަނުން ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެ ދެގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އާސެނަލްގެ ފޯވާޑް ކައި ހަވާޑްސްގެ އިތުރުން ބަޔާން މިއުނިކްގެ ޒުވާން ތަރި ޖަމާލް މުސިއާލާއެވެ. އަދި ޑެންމާކުން ދެވަނަ ހާފުގައި ޖެހި ގޯލެއް އޮފްސައިޑް ވުމުގެ ސަބަބުން ބަލައިގަނެފައި ނުވެއެވެ. އަދި ހަމައެގޮތަށް ޖަރުމަނުން ޖެހި އިތުރު ދެ ގޯލެއްވެސް ފައުލާއި އޮފްސައިޑްގެ ސަބަބުން ބަލައިގަނެފައި ނުވެއެވެ.

ޔޫރޯގައި މިފަހަރު އަމިއްލަ ގައުމުގައި ކުޅޭ ޖަރުމަން ޓީމަކީ މިފަހަރުގެ ތަށި ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ގަބޫލުކުރާ އެއްޓީމެވެ. މި ނަތީއްޖާއާއެކު އެޓީމުން ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު ކުއާޓާގައި ވާދަ ކުރަން ޖެހޭނީ މުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ސްޕެއިން ނުވަތަ ޖޯޖިއާ އާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-