-Advertisement-

-Advertisement-

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ގޮވާލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ސަރުކާރުގެ އިސްލާސްތެރިކަމެއް ހުރިނަމަ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންގެ މުސާރައަށް ހޭދަވާ ފައިސާގެ އަދަދު ހާމަކުރުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔiތުންގެ މަޖިލިހުގައި މިއަދު ކުރިއަށްދާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން މީކާއީލް ވަނީ އަދަދު ނޭނގޭހާ ގިނަ ސިޔާސީ މުވައްޒަފުން އެކި މަގާމުތަކަށް ނަގަމުން އައީ މި ދިވެހިރާއްޖޭގެ މާލީ ހާލަތު އެނގިވަޑައިނުގެންތޯ ސުވާލު ކުރައްވައިފައެވެ. ނުވަތަ އެއީ ގަސްތުގައި ދިވެހިރާއްޖެ އަނދަވަޅަކަށް ވައްޓާލަން ކުރެއްވި ކަމެއް ކަމާމެދުވެސް ސުވާލު އުފައްދަވާފައެވެ.

އެގޮތުން ސިޔާސީ ވައްޒަފުންނަށް މުސާރަ ދެނީ ދިވެހި ރައްޔިތުން ޓެކްސް ފައިސާއިންކަން ފާހަގަ ކުރައްވާ މީކާއީލް ވިދާޅުވީ ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ދެމުން އަންނަ މީހުންގެ އަދަދުވެސް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

އެގޮތުން ދަރަނީގެ ވާހަކަ މި ސަރުކާރަށް ދެއްކެން ނެތްކަން ފާހަގަ ކުރައްވައި މީކާއީލް ވިދާޅުވީ، ކުޑަވެސް އިހުލާސްތެރިކަމެއް ހުރިނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންނަށް ހިނގާ ހަރަދު ހާމަކުރެއްވުން ކަމަށެވެ.

އަދި އެއީ 400 މުވައްޒަފުން ކަނޑާލާނަމޭ ބުނުމުން ފުދޭ ޒާތުގެ ކަންކަން ނޫން ކަމުގައި މީކާއީލް ވަނީ ފާހަގަ ކުރައްވައިފައެވެ.

2019 އިން 2023އަށް ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ނުދައްކާހާ ގިނަ ދަރަނި ދިވެހި ދައުލަތުން ދެއްކި ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި އެއީ ޕީޕީއެމްގެ ސަރުކާރުން ދިވެހި ދައުލަތަށް ވާރުތަކުރި ދަރަނި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-