-Advertisement-

-Advertisement-

ކޮޕާ އެމެރިކާ: ކުޅުނު ތިން މެޗުންވެސް މޮޅުވެ ގްރޫޕުގެ އެއްވަނަ އާޖެންޓީނާއަށް!

ކޮޕާ އެމެރިކާ 2024 ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޕެރޫ ބަލިކޮށް ގްރޫޕުގެ އެއްވަނަ މަގާމު އާޖެންޓީނާއިން ކަށަވަރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ މަޔާމީގައި ކުޅުނު މި މެޗުން އާޖެންޓީނާ މޮޅުވެފައިވަނީ 2-0 ގެ ނަތީއްޖާއަކުންނެވެ. އާޖެންޓީނާގެ ދެގޯލުވެސް ކާމިޔާބު ކޮށްދިނީ އިންޓަ މިލާންގެ ފޯވާޑް ލައުޓާރޯ މާޓިނޭޒެވެ. އަދި މި ނަތީއްޖާއާއެކު ޕެރޫ އިން ނިންމާލާފައިވަނީ ގްރޫޕުގެ އެންމެ ފުލުގައެވެ.

އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުވެފައި އޮތުމުން އާޖެންޓީނާ ޓީމުން މި މެޗަށް ނުކުތީ ވަރަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެތަނުން އެންމެ ފާހަނގަ ކޮށްލެވެނީ ކެޕްޓަން ލިއޮނެލް މެސީގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ތަރި ގާނާޗޯ އަރުވައިގެން ކުޅުނު ބަދަލެވެ. ގާނާޗޯ ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި އާޖެންޓީނާއިން ޖެހި ދެގޯލުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލު މާޓިނޭޒް ޖަހާފައިވަނީ ދެވަނަ ހާފު ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑިމަރިއާ ދިން ޕާހަކުންނެވެ. އަދި ދެވަނަ ގޯލު ޖަހާފައިވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް 86 ވަނަ މިނުޓުގައެވެ. އެއީ މި މުބާރާތުގައި ލައުޓާރޯ މާޓިނޭޒް ޖަހައިދިން 4 ވަނަ ގޯލެވެ.

ކުއާޓާ ފައިނަލުގައި އާޖެންޓީނާ އިން ވާދަކުރާނީ ގްރޫޕް ބީގެ ދެވަނާގައި ނިންމާ ޓީމަކާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-