-Advertisement-

-Advertisement-

ދެ ޤައުމަކަށް ސަފީރުން އައްޔަންކުރުމަށް މަޖިލިހުން ފާސްކޮށްފި

މުހައްމަދު ތޯހާ އާއި އަބްދުއްރަހީމް އަބްދުއްލަތީފް

ދެ ޤައުމަކަށް ރާއްޖެއިން އައްޔަންކުރުމަށް ސަފީރުކަމަށް 2 ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންހގެ މަޖިލިހުން ފާސްކޮށްފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ތުރުކީއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް މުހައްމަދު ތޯހާ އައްޔަން ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މި ދެބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމަށް ފެންނަކަމަށް  82 މެންބަރު ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މީގެކުރިން ތޯހާ ވަނީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް އައްޔަން ކުރައްވަން ރައީސް ޑރ. މުއިއްޒު ނިންމަވައި، ރުހުން ހޯއްދެވުމަށް މަޖިލިހަށް ފޮނުއްވިއެވެ. އަދި 19 ވަނަ މަޖިލިހުގައި ތޯހާ، ސައުދީގެ ސަފީރަކަށް އައްޔަން ކުރަން ފާސް ވެސް ކުރިއެވެ.

އެކަމަކު، ރައީސް ފަހުން ޑރ. މުއިއްޒު ވަނީ ތޯހާ ޕާކިސްތާންގެ ސަފީރަކަށް ބަދަލު ކުރައްވަން ނިންމަވައިފައެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 17 ގައެވެ. ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

މުހައްމަދު ތޯހާ އަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީ ފެކަލްޓީ އޮފް ޝަރީއާ އިން ޑިގްރީ ހާސިލްލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯހާ މިހާރު ގެންދަވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ޕީއެޗްޑީ ހައްދަވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-