-Advertisement-

-Advertisement-

އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށްފި

ފޮޓޯ: އައްޑޫލައިވް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑޭޓާބޭސް ހެކްކޮށްފިއެވެ.

އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް އޯޓީޕީ ހޯދަން ބަޔަކު މީހުން ދަނީ މެސެޖު ކުރަމުންނެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށްފައިވާކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ މިހާރު ބަލަމުން ކަމަށެވެ.

އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށްފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއިވާއިރު، މިމައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-