-Advertisement-

-Advertisement-

ތޯހާ ޕާކިސްތާނުގެ ސަފީރުކަމަށް ބަދަލު ކުރަން ފާސްކޮށްފި

ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުޙައްމަދު. ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަން ކުރަން މަޖިލީހުން މީގެ ކުރިން ރުހުން ދިން ތޯހާ މުޙައްމަދު ޕާކިސްތާނަށް ބަދަލު ކުރަން މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގައި އެ ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ އިއްތިފާގުންނެވެ. އެހެން ނަމަވެސް އޭނާއާ އެކު މަޖިލީހުން ރުހުން ދިން އެހެން ސަފީރުންނަށް ރައީސް އޮފީހުން ފަތްކޮޅު އެރުވި އިރު ތޯހާ އެ މަގާމަކަށް އައްޔަން ނުކުރައްވައެވެ.

އޭނާ ސައުދީއަށް އައްޔަން ކުރަން ނިންމުމަށް ފަހު އެ ނިންމުން ބަދަލު ކުރި ސަބަބެއް ސަރުކާރުންނާއި މަޖިލީހުން އަދި ހާމައެއް ނުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-