-Advertisement-

-Advertisement-

ގަވަރުނަރުގެ މަސްއޫލިއްޔަތު އަދައެއް ނުކުރޭ: ނާޒިމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް. ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އެ މަނިކުފާނާ ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި މިއަދު ކުރިއަށް ދިޔަ ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރަށް މަސައްކަތް ކުރެވޭނީ ކަމާ ގުޅޭގޮތުން އެކުލަވާލައިފައިވާ ޕޮލިސީތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން ދައުލަތާއި އިގްތިސާދުގެ މައްޗަށް ބާރު ނުފޯރުވޭ ހާލަތެއް އޮތްކަން ފާހަގަކުރައްވައު ނާޒިމް ވިދާޅުވީ، އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުން ކަމަށެވެ. އަދި އެއީ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތެއްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، އެ މަސްއޫލިއްޔަތު ގަވަރުނަރ އަދާކުރައްވަމުން ގެންދަވާތަން ނުފެންނަ ކަމަށެވެ.

އަދި މިސަރުކާރު ވެރިކަމާ ހަވާލުވެގެން ފާއިތުވި ހަތް މަސްތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަށް އަދި މަޖިލިހަށްވެސް އެއްވެސް ކަހަލަ ލަފައެއް ލިބިފައި ނުވާކަން ނާޒިމް ވަނީ ފާހަގަކުރައްވައިފައެވެ.

ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލު މަޖިލިހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-