-Advertisement-

-Advertisement-

އެމްޑީޕީ ޤައުމީ މަޖިލިހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލިހުގެ ހުވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތަށް ހުޅުވާލައި އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ޤައުމީ މަޖިލިހުގެ ހުސްވެފައިވަ މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިކަން ހުރި މެމްބަރުން އެކަމަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށް މަޤާމަށް އެދި ހުށަހެޅުމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތައް

  • 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން
  • ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން

އެގޮތުން މި މަޤާމުތަކަށް މެމްބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހުގެ 2 ވާ ހުކުރުދުވަހު ކަމަށްވެސް އެ ޕާޓީގެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ހަމައެޔާއެކު މި މަޤަމުތަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު، ޖުލައި 07 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-