-Advertisement-

-Advertisement-

ޕީޖީ ޝަމީމުގެ އިސްތިއުފާއަށް ގޮވާލައި މަޖިލިސްދޮށުގައި މުޒާހަރާ ކުރަންފަށައިފި

ޕީޖީ ޝަމީމުގެ އިސްތިއުފާއަށް ގޮވާލާ ކުރަމުންދާ އިހުތިޖާޖު- ފޮޓޯ/ ދަޕްރެސް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިސްތިއުފާ އަށް ގޮވާލައި ރައްޔިތުން މަޖިލިސް ކުރާ ގެ ކައިރީގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.

އެގޮތުން މި މުޒާހަރާގެ ބައިވެރިން އަންނަނީ، އެކި މައްސަލަތަކުގައި ދައުލަތުން އަމަލުކުރަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.

ހަމައެޔާއެކު ޕީޖީ ޝަމީމް އަކީ އެމްޑީއެންގެ ބޭފުޅެއް ކަމަށާއި އެ ބޭފުޅާގެ ޒިންމާތައް ރަނގަޅަށް އަދާ ނުކުރައްވާ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

އެގޮތުން ޝަރީއަތުން ސާބިތު ނުވި ނަމަވެސް މައްސަލައެއްގައި ތުހުމަތު ކުރެވޭ އިރަށް ޖަލުގައި ބަންދު ކުރުމަކީ ކަންބޮޑުވުން ހުރިކަމެއްކަން އެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

ހަމައެޔާއެކު އެފަދަ ވާނުވާ ބަންދުތައް އުވާލުމަށް ގޮވާލައި މީހަކު ކުށެއް ނުކުރާ ކަމަށް ޝަރީއަތަށް ސާބިތު ނުވާހާ ހިނދު އޭނާ އަކީ ކުށެއް ނުކުރާ މީހަކާ އެއްފަދަ މީހެއް ކަމަށް މީގެ ކުރިން ބުނަމުންދިޔަ ނަމަވެސް ރާއްޖޭގައި މިހާރު އަމަލު ކުރަމުންދަނީ އެގޮތަށް ނޫން ކަންވެސް މުޒާހަރާގެ ބައިވެރިން ފާހަގަކުރެއެވެ.

މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި މިދިޔަ ހަފްތާގައި ނިޔާވި ޖަމީލްގެ މަރުގެ މައްސަލައަށް ފުރިހަމަ ތަހުގީގެއް ހިންގައި އެ މައްސަލަ ބެލުމަށްވެސް މުޒާހަރާގައި ދަނީ ގޮވާލަމުންނެވެ.

އަދި އިހުތިޖާޖުގެ ބައިވެރިން ދަނީ ސަރުކާރު ތަމްސީލް ކުރަމުންދާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރުމަށް ވެސް އެދެމުންނެވެ.

ދާދިފަހުން ޕީޖީ ޝަމީމަށް ބަޔަކު ވަނީ ހަމަލާއެއް ވެސް ދީފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-