-Advertisement-

-Advertisement-

ކ. މާފުށި ޖަލުން ގިނަ އަދަދެއްގެ ފޯނާއި ބަނގުރާ އަތުލައިގެންފި

މާފުށީ ޖަލު

ކ. މާފުށި ޖަލުން ގިނަ އަދަދެއްގެ ފޯނާއި ބަނގުރާ އަތުލައިގެންފިއެވެ.

މިއަދު ފުލުހުންނާއި ސިފައިންގެ އިތުރުން ކަރެކްޝަންސްގެ އޮފިސަރުން ގުޅިގެން މާފުށީ ޖަލުގައި ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށްފައިވާއިރު، އެ ޔުނިޓުތަކުން 29 މޯބައިލް ފޯނު، 17 ޗާޖަރު، 12 ހެޑްސެޓް، 3 ޕެންޑްރައިވް، 3 އެއާޕޮޑް، 3 ކޭބަލް، 2 ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެ ކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ޤާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރުގެ އެދިލެއްވުމުގެ މަތިން ހިނގި މިއޮޕަރޭޝަނުގައި 183 ފުލުހަކާއި 81 ސިފައިންގެ އިތުރުން 40 ކަރެކްޝަންސް އޮފަސަރުން ބައިވެރިވެފައިވެއެވެ.

މިއޮޕަރޭޝަންގައި އަތުލައިގަނެފައިވާ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-