-Advertisement-

-Advertisement-

ކޮޕާ އެމެރިކާ: ފަހު މެޗުން އެއްވަރުވެ މެކްސިކޯއިން މުބާރާތަށް އަލްވަދާއު ކިޔައިފި!

ކޮޕާ އެމެރިކާ 2024 ގްރޫޕް ބީގެ ފަހު މެޗުން އެކުއެޑޯ އަތުން އެއްވެސް ގޯލެއް ނުޖެހި އެއްވަރުވެ މެކްސިކޯ މުބާރާތުން ކަޓައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުން މެކްސިކޯ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު މުޅި މުބާރާތުގައިވެސް އެޓީމަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. މި ނަތީއްޖާ އާއެކު އެކުއެޑޯ އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯއިން ކުޅެފައިވާ ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އެއްމެޗުން ބަލިވެ މި މެޗުން އެއްވަރު ވުމުން 4 ޕޮއިންޓާއެކު އެޓީމު އޮތީ ގްރޫޕު ބީގެ ތިންވަނާގައެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޯ ހޯސްޓު ކުރާ މެކްސިކޯ އިން މި މުބާރާތުގައި މިހާ ދަށް ކުޅުމެއް ފެނިގެން ދިޔުމުން ސަޕޯޓަރުންގެ ފަރާތުން ވަރަށް ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެއެވެ.

މި ނަތީއްޖާތަކުގެ ސަބަބުން މެކްސިކޯގެ ކޯޗު ޖޭމީ ލޮޒާނޯގެ އޭނާގެ މަގާމުން ވަކިކުރާނެ ކަމަށް ބެލެވެއެވެ. އޭނާ ވަނީ މިމުބާރާތަށް ނެގި ސްކޮޑުގައި މެކްސިކޯގެ ތަޖުރިބާކާރު ވަރަށް ގިނަ ކުޅުންތެރިން ބާކީ ކޮށްފައެވެ.

އެކުއެޑޯ ޓީމުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ދެކޮޅަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-