ޕްރިޒަންސް އޮފިސަރެއް ސައިކަލުގައި ދުއްވާފައިދަނިކޮށް މަރުތޭކަލަކުން ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ދެ މީހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަންސް އޮފިސަރެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި މާރާމާރީ ހިންގަން އުޅުމުގެ އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) އެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހާދިސާ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތައް ބެލިއިރު، ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތައް ބެލިއިރު، ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން މިމައްސަލަ އާއި ގުޅިގެން ޢިޔާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ރަބީޢު ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނި މިދިޔަ މަހު 20 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މިދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން އެމީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ހުޅުމާލެ ޖަލުން ބުނެފައިވާ ގޮތުގައި އެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކަށް ހަމަލާ ދޭން މަސައްކަތް ކުރީ ހުޅުމާލޭ ޖަލުން ނުކުމެގެން ފޭސް ދެއަކަށް ދިޔަ މަގުމަތީގައި ކަމަށާއި ޕްރިޒަން އޮފިސަރަށް މަރުތޭލަކުން ހަމަލާ ދިނުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް އެހަމަލާ ޕްރިޒަން އޮފިސަރަށް އަމާޒުވާ ގޮތް ނުވެ އޮފިސަރު ސަލާމަތްވީ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.