-Advertisement-

-Advertisement-

ހަނިގޮތަކަށް ބެލްޖިއަމް ބަލިކޮށް ފްރާންސް ކުއާޓާއަށް, ތަފާތަކަށްވީ އޯން ގޯލެއް!

ޔޫރޯ 2024 ގެ ރައުންޑް އޮފް 16 ގައި ވަރަށް ހަނިގޮތަކަށް ބެލްޖިއަމް ބަލިކޮށް ފްރާންސުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު ފްރާންސް ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ. މެޗުން ފެނިގެން ދިޔަ ހަމަ އެކަނި ގޯލަކީ މެޗު ނިމެން އެންމެ  ހަތަރު މިނެޓަށް ވެފައިވަނިކޮށް ބެލްޖިއަމްގެ ޑިފެންޑަރު ވާޓޮންގެން ބައިކޮޅަށް ވައްދާލި ގޯލެކެވެ.

މި މެޗުގައި ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުން ބެލްޖިއަމްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. އަދި މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ޑޮމިނޭޓް ކޮށްފައިވަނީ ފްރާންސް ޓީމުންނެވެ. އެހެންނަމަވެސް ބެލްޖިއަމް އިންވެސް ކައުންޓާ އެޓޭކު ތަކުގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައިވެއެވެ.

މި މެޗުގައި ފްރާންސް އިން ކާމިޔާބު ކުރި ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޮލޯ މުއާނީ އުފެއްދި ހަމަލާއަކުން ބެލްޖިއަމްގެ ޑިފެންޑަރު ވާޓޮންގެން އަމިއްލަ ގޯލަށް ވައްދާލި ގޯލެކެވެ. މި ނަތީއްޖާއާއެކު ބެލްޖިއަމުން މުބާރާތަށް އަލްވަދާއު ކިޔާފައިވާއިރު ފްރާންސުން ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސް ވާދަ ކުރާނީ ޕޯޗުގަލް ނުވަތަ ސްލޮވީނިއާ އާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-