-Advertisement-

-Advertisement-

ރޮނާލްޑޯ އަދި ޕޯޗުގަލް ސަލާމަތް ކޮށްދިނީ ކީޕަރު ކޮސްޓާ!

ޔޫރޯ 2024 ގެ ގަދަ 16 ބުރުގައި ޕޯޗުގަލް އަދި ސްލޮވޭކިއާ ބައްދަލުކުރި މެޗު 0-0 އަކުން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވެ ޕޯޗުގަލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ޕޯޗުގަލް މޮޅުވެފައިވަނީ ޕެނަލްޓީ ޖަހައިގެން 3-0 ގެ ނަތީއްޖާއަކުންނެވެ.

މި މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނިފަނިވަނީ ވަރަށް ބޮޑަށް އަމިއްލަ އެދުން އިސްކޮށް އަމިއްލައަށް ގޯލެއް ޖެހޭތޯ މަސައްކަތް ކުރި މަންޒަރެވެ. އެގޮތުން ޕޯޗުގަލް އަށް ލިބުނު ހުރިހާ ފްރީކިކެއް ކަހަލަގޮތަކަށް އިތުރު ކުޅުންތެރިޔަކަށް ނުދީ އަދި ބޯޅަ ކްރޮސް ކުރުމުގެ ބަދަލުގައި ގޯލަށް ޝޫޓުކޮށްފައިވެއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ 105 ވަނަ މިނުޓުގައި ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީއެއްވެސް މިސްވެފައިވެއެވެ.

އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ މިސްވުމުން އެކަމާ ހިތާމަކޮށް ރޮނާލްޑޯ ވަރަށް ގަދަޔަށް ރޮއެފައިވެއެވެ. އެހެން ނަމަވެސް މެޗު އެއްވަރުވެ ޕެނަލްޓީއަށް ދިޔުމުން ޝޫޓްއައުޓުގެ ފުރަތަމަ ޕެނަލްޓީ ގޯލަށް ވައްދައި އޭނާގެ ލީޑާޝިޕް ދައްކާފައިވެއެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯއަށް އަދި މިހާތަނަށް މި މުބާރާތުގައި އެއްވެސް ގޯލެއް ޖެހިފައި ނުވާއިރު, އޭނާ ގޯލެއް ޖަހައިފިނަމަ ޔޫރޯގެ ތާރީޚުގައި ގޯލެއް ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބޭނެއެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ސްލޮވޭކިއާ ޖެހި 3 ޕެނަލްޓީވެސް ހުއްޓުވައި މި މެޗުގެ އެންމެ ބޮޑު ތަރިޔަކަށްވީ އެޓީމުގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާއެވެ. އޭނާވަނީ އިތުރު ވަގުތުގެ ކުޅުން ނިމެން ކައިރިވެފައި ވަނިކޮށް ސްލޮވޭކިއާގެ ފޯވާޑް ސެސްކޯއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްވެސް ކޮސްޓާ ހުއްޓުވާފައިވެއެވެ.

މި ނަތީއްޖާ އާއެކު ޕޯޗުގަލް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު ކުއާޓާގައި އެމީހުން ބައްދަލުކުރާނީ ފްރާންސާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-