-Advertisement-

-Advertisement-

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުގެ އެކި ވުޒާރާތަކާއި ކުނފުނިތަކަށް ނަގައިފައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލިހުން ބޭރުކޮށްލައިފިއެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހެޅުއްވި މި ކުއްލި މަސައްލައިގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ދީފައިވާ އިޚުތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށްފައިވާކަމެވެ.

މި މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައޮ ވޯޓަށް އެހުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް 56 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

މީކާއިލް ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި އިތުއަށް ބުނެފައިވަނީ، ސިޔާސީ މަގާމުތަކުގެ އަދަދުތައް ސާފުކޮށްދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރަށް ދެންނެވުމުން ވެސް އެ މައުލޫމާތު ކޮމިޓީއަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

ހެންކަމުން އެ ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި މީކާއިލް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން 2،000އަށް ވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކޮށް، 700 މިލިއަން ރުފިޔާ މުސާރަ ދިނުމަށް މަހަކު ޚަރަދު ކުރަމުން އަންނަ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-