-Advertisement-

-Advertisement-

ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގައިފި، އެކެއްގެ ހާލު ސީރިއަސް!

ހުޅުމާލޭ ދެވަނަ ފިޔަވަހި : ފޮޓޯ/އެމްވީ ޕްލަސް

ހުޅުމާލޭގައި މިއަދު ދެ އެކްސްސިޓެއް ހިނގައި ތިން މީހަކަށް އަނިޔާވެ، އޭގެތެރެއިން އެކެށްގެ ހާލު ސީރިއަސްވެ ފަރުވާދެން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ފުރަތަމަ އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު މިއަދު ހެނދުނު 08:13ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓް ހިނގައިފައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިޔާ 5 ވަނަ ޓަވަރު ކައިރިން ކާރަކާއި ސައިކަލެއް ޖެހިކަމަށެވެ.

އެކްސިޑެންޓް ހިނގި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރެއްގައި ޖެހި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން، ހުޅުމާލޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އެކްސިޑެންޓް ހިނގި ސައިކަލު ދުއްވަން އިން  19 އަހަރުގެ ދިވެހި ފިރިހެން މީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުްނ ވިދާޅުވެފައިވާއިރު އެއީ ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެކެވެ.

ދެވަނަ އެކްސިޑެންޓް ހިނގައިފައިވަނީ މިއަދު ހެނދުނު 9:15 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހި އަހިވާގޮފި ކައިރީގައި ދެ ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، އެތަނުން އެއް ސައިކަލު ދުއްވީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަނެއް ސައިކަލު ދުއްވަން އިނީ 33 އަހަރުގެ ދިވެހި އަންހެނެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-