-Advertisement-

-Advertisement-

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ބައެއް ކުންފުނިތައް އުވާލަނީ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަނުން އިއްޔެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ބައިވެރިވުން. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ބައެއް ކުންފުނިތައް އުވާލުމަށް ނިންމާފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ)އިން ހާމަކޮށްފިއެވެ.

ޕީސީބީގެ ސެކްރެޓަރީ ޖެނަރަލް އަޙްމަދު ޔަމީން އިއްޔެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވިދާޅުވީ ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރާނެ ގޮތުގެ އިޖުރާއަތެއް ތައްޔާރުކޮށް ކަމާ ގުޅޭ އިދާރާތަކާ މިހާރު ވަނީ ހިއްސާކުރެވިފައިކަމަށެވެ.

އެގޮތުން ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރުމަށް ރާވާފައިވާ 2 ގޮތެއް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. އެއްގޮތަކީ ފައިދާ ނުވާ ކުންފުނިތަކުގެ މަސައްކަތްތައް އަލުން މުރާޖާކޮށް ފައިދާވާ ގޮތްތަކެއް ހޯދައި ބައެއް ކުންފުނިތައް އެއްކޮށްލުމެވެ. އަދި އަނެއް ގޮތަކީ އެއްވެސް ގޮތަކަށް ފައިދާ ނުވާނެކަމަށް ފެންނަ ކުންފުނިތައް އުވާލުމެވެ.

ޔާމީން އިތުރަށް ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުންފުނިތައް ހިންގުމުގެ އުސޫލެއް ހެދުމާ އެކު ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށެވެ.

މި ފިޔަވަޅުތައް އަޅާނެ ކުންފުނިތަކުގެ ނަންތަކެއް ޕީސީބީއިން އެސްއޯއީ ކޮމިޓީގައި ހިއްސާކޮށްފައެއްނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-