-Advertisement-

-Advertisement-

އަގު ބޮޑުކަމުން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ފޮޓޯ: މަނިޕަލް ހޮސްޕިޓަލް

ސިއްހީ ފަރުވާދޭ އަގުތައް ބޮޑުކަމުން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިންޑީއާގެ މަނިޕާލަށް އާސަންދައިގެ ހިދުމަތް ދިނުން މެދުކަނޑާލީ އެ ހޮސްޕިޓަލްގެ އަގުތައް ބޮޑުކަމުން، އަގު ހެޔޮކުރުމުގެ މަޝްވަރާކުރަމުން އަންނާތީ ކަމަ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މަނިޕާލް ހޮސްޕިޓަލަށް އާސަންދައިން ކަނޑައަޅާފައިވާ ރޭޓްގެ އިތުރަށް ބަލި މީހުންގެ އަތުން އެތައް ގުނައަކުން ފައިސާ ނަގާ ކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

“މަނިޕާލަށް ފޮލޯއަޕް ކޭސްތަކަށް ދާ މީހުންނަށް މިހާރު ވެސް އާސަންދަ ލިބޭނެ. އާ ކޭހަކަށް ނުފޮނުވާނެ.” އޭނާ ވިދާޅުވި އެވެ.

މަނިޕާލް ހޮސްޕިޓަލަށް އަލުންދިނުމާއި މެދު ކުރެވެމުންދާ މަޝްވަރާތަކަށް ފަހު އާސަންދަ އަލުން ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

ބޭރުގެ 57 ހޮސްޕިޓަލެއް އާސަންދައިގައި އެމްޕެނަލް ވެފައިވާއިރު، އޭގެ ތެރެއިން ސްރީލަންކާގެ 8 ހޮސްޕިޓަލެއް ފިޔަވާ، ބާކީ 49 ހޮސްޕިޓަލަކީ އިންޑިއާގެ ތަންތަނެވެ. އެ ހުރިހާ ތަނެއްގެ ތެރެއިން ވެސް އެންމެ އަގުބޮޑު ތަނަކީ މަނިޕާލް ހޮސްޕިޓަލުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-